ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް

ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް-- ސަން ފޮޓޯ/އަހުމަދު އިނާހު

ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިއަކު މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފެނެއެވެ. އަދި އެ ސަރަހައްދުގައި ފުލުުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް-- ސަން ފޮޓޯ/ރިފާ

ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 10:15 ހާއިރެއެވެ.

މާލެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް