ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަ ވެއްޖެ

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް--- ފޮޓޯ

ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އަދި ކުރީގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް އިސްމާޢިލް ވިޝާމް މިރޭ އަވަހާރަ ވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކަކުލުގެ ސާޖަރީއަކަށް ފަހު، ފަރުވާ ހޯއްދަވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭނާ އަކީ ގާނޫނީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

އަވަހާރަވީއިރު އޭނާގެ އުމުރަކީ 39 އަހަރެވެ.

މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓާޒް ހާސިލްކުރެއްވުމަށް ފަހު، އަވާހަރާވުމާ ހަމައަށް ވެސް އޭނާ ވަނީ ގާނޫނީ މަސައްކަތް ކުރައްވައިފައެވެ.

ވިޝާމް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ ސުއޫދު އެންޑް އަންވަރު ލޯ ފާމުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ލޯ ފާމެއް އުފެއްދެވިއެވެ.

އޭނާ ބާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކުރީ މިދިޔަ 2022 ވަނަ އަހަރުއެވެ.

comment ކޮމެންޓް