މެލޭޝިޔާގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ---ފޮޓޯ/ރައީސް އޮފީސް

މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި އެ މެސެޖްގައި ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެފައެވެ.

އަދި މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްޠާން ގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ދެޤައުމުން އެކުގައި މަސައްކަތްކޮށް ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަން ރައީސް ވަނީ ފާހަގަ ކޮށްފައެވެ.

ރައީސްގެ މެސެޖު ނިންމަވައިލެއްވީ، މެލޭޝިޔާގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

comment ކޮމެންޓް