ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދު އިސްލާހުކޮށް ދެ މަސް ދުވަހުގެތެރޭ އާންމުކުރަނީ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން: ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދު އިސްލާހުކޮށް ދެ މަސް ދުވަހުގެތެރޭ އާންމުކުރާނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭ ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދު އިސްލާހުކޮށް އާންމުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ މާލޭގައި ދުއްވޭނެ ވެހިކަލް ލިމިޓް ކަނޑައަޅުއްވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނިކޮށެވެ.

މިނިސްޓަރު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދު އިސްލާހުނުކޮށް އޮތުމުން އެއްގަމުގައި ދުއްވޭނެ އުޅަނދު ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވާ ގައިވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، ގަވާއިދު ތަންފީޒުކުރުމުގައި ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށް އަމީން ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންވެ، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެ ކަމަށް އަވަސް ހައްލެއް ގެނައުމަށް ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދަށް އިސްލާހު ގެނެސް އާންމުކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ވެހިކަލް ލިމިޓް ކަނޑައެޅުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ކައުންސިލުގެ ކުރީ ދައުރުގައި ވެސް އަދި މި ދައުރުގެ މިހާތަނަށް ވެސް އެ ފަދަ ކަމެއް ކުރެވިފައެއް ނުވެއެވެ.

https://sun.mv/187767

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެ، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާރުވަނީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ބޭރުގެ ޖަމިއްޔާތަކާއި އެކްސްޕާޓުންގެ އެހީއާއެކު ކަމާ ގުޅޭ ދިރާސާތަކެއް ހަދަން މަސައްކަތް ފަށައިފައެވެ.

ވެހިކަލް ގިނަވެ، މާލޭގެ މަގުތަކުގައި ދުއްވަން ވެސް ދަތިވެފައިވާއިރު، ނުރައްކާތެރި އެކްސިޑެންޓުތަކަށް ވެސް އަންނަނީ މަގުފަހިވަމުންނެވެ.

comment ކޮމެންޓް