ކަސެމީރޯއާއި ވެން ބިސާކާ، އަލް ނަސްރާ ގުޅެނީ!

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު އާރޮން ވެން ބިސާކާ(ކ) އަދި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ(ވ) -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއާއި އިނގިރޭސި ޑިފެންޑަރު އާރޮން ވެން ބިސާކާ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާ ގުޅެން އުޅޭ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލް ނަސްރުން ކަސެމީރޯ އަދި ވެން ބިސާކާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ޔުނައިޓެޑުގެ ފުޓުބޯޅަ ޑިރެކްޓަރު ޖޯން މާޓޯ ވެސް ވަނީ ސައުދީ އަރަބިއާއަށް ދަތުރުކޮށްފައެވެ.

އަލް ނަސްރުން ކަސެމީރޯ ހޯދުމަށް ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެގޮތުން އޭނާއަށް ހަފުތާއަކު 375،000 ޕައުންޑު ލިބޭ ހުށަހެޅުމެއް އަލް ނަސްރުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މި މަހުގެ ތެރޭގައި ވެން ބިސާކާއަށް ވެސް ބިޑު ކުރުމަށް އަލް ނަސްރުން ތައްޔާރުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލް ނަސްރަށް ކަސެމީރޯ އަދި ވެން ބިސާކާ ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކުރިން އެ ކުޅުންތެރިންނާ އެކު ޔުނައިޓެޑަށް ކުޅުނު, މިހާރު އަލް ނަސްރުގެ ތަރި ރޮނާލްޑޯއެވެ.

ޔުނައިޓެޑާ އެކު ވެން ބިސާކާ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ތެރޭގައި ނިމުމަކަށް އަންނަ ގޮތަށް އޮތް ނަމަވެސް، ކަސެމީރޯގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2026 ވަނަ އަހަރުއެވެ.

comment ކޮމެންޓް