އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 އެނދު ހަނދިޔާކޮށްފި

ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ:އިންފިނިޓް މޮމެންޓްސް/ އަހުމަދު އަމަން ލަތީފް

އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު މިއަދު ހަދިޔާ ކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓްރީން ހަދިޔާކުރި އެނދުތަށް އިސްލާމިކް މިނިސްޓަރު، ޑރ. ޝަހީމް އަލީ ސައީދު ވަނީ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާ ހަވާލު ކުރައްވައިފައެވެ.

މި މެޑިކަލް އެނދުތަކުގެ ޖުމުލަ އަގަކީ ޖުމުލަ 504،000 ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމު ވަނީ މިނިސްޓަރު އައިޝަތު ޝިހާމްއަށް ޝުކުރު ދަންނަވައިފައެވެ.

"މިނިސްޓަރުގެ އިސް ނެންގެވުމުގެ މަތިން މިއަދު އަޅުގަނޑުމެން މި ވުޒާރާގެ ފަރާތުން ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް މި ހަދިޔާ ކުރާ މެޑިކަލް ބެޑު މިއީ މިނިސްޓަރުގެ ހުށަހެޅުމުގެ މަތިން މިކަމް މި ކުރިއަށް މި ގެންދަނީ. މިނިސްޓަރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރަށް، މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވެސް މިފަދަ ކަންކަމަށް ފަހި ވާގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.

ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެންދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އިންފިނިޓް މޮމެންޓްސް/ އަހުމަދު އަމަން ލަތީފް

މި ރަސްމިއްޔާތުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު އާއިޝަތު ޝިހާމު ވިދާޅުވީ މުޖުތަމައުގައި ތިބި ނިކަމެތި މީހުންނަށް އެހީވުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"ހަމަ އެހެންމެ އަޅުގަނޑުމެންގެ މުޖުތަމައުގައި ތިބި ނިކަމެތި މީހުންނަށް އެ މީހުންގެ ހައްގުގައި އަޅުގަނޑުމެން މި ކުރާ މަސައްކަތް އެ މީހުންނަށް މި ލިބޭ އެހީތެރިކަން ހާސިލުވެގެންދާ ކަމަށްޓަކައި ވެސް އަޅުގަނޑުމެން ވަރަށް އުފާކުރަން. އަދި ހަމައެއާ އެކީގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ގުޅިގެން މަސައްކަތް ކުރެވޭ ފަދަ ގޮތްތަކެއް ލިބުމަކީ ވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ހިތްހަމަޖެހުން ލިބިގެންދާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޗެރިޓީ ފަންޑުން ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށް އެ މިނިސްޓްރީން ޚަރަދު ކުރެއެވެ.

comment ކޮމެންޓް