ބޮމެއް އޮތްކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހިފަހައްޓައިފި

ހަނިމާދޫ އެއާޕޯޓް: ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ފުލުހުން މިއަދު ވަނީ ހިފައްޓައިފަ -- ފޮޓޯ: އެމްއޯޓީސީ

ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެއްޖެއްގައި ފުލުހުން ބުނީ މި މައްސަލައިގައި ހިފައްޓާފައިވަނީ ހަނިމާދޫ އެއާޕޯޓަށް ފުރަންގޮސް ހުރި ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާ ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން ވެސް މިފަދަ މައްސަލައެއް ހިނގައިފައިވެއެވެ.

ތޫނު ހަތިޔާރާއި، ގޮވާ ޒާތުގެ ތަކެތި ހުރިކަމަށް ބުނެ އެއާޕޯޓެއްގައި ބިރު ދެއްކުން ނުވަތަ އެ ފަދަ ޓެރަރިޒަމްގެ ކަމަކަށް މަގުފަހިވާ ޒާތުގެ އެއްވެސް ވާހަކައެއް ދެއްކުމަކީ ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެކެވެ.

comment ކޮމެންޓް