އަމީނިއްޔާ ސްކޫލުން ވައްކަންކުރި މައްސަލައެއް ބަލަނީ

އަމީނިއްޔާ ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީނިއްޔާ ސްކޫލްގައި ޕްރިންސިޕަލްއަށް ޚާއްޞަކޮށްފައިވާ ކޮޓަރިން، ވައްކަން ކުރި މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ފަތިހުކަމަށެވެ.

ނަމަވެސް ވަގަށް ނަގާފައިވާ ތަކެއްޗާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ސްކޫލުގެ ޕްރިންސިޕަލް ރޫމުގެ އިތުރުން، ލީޑީން ޓީޗާސް ރޫމާއި ސްޓާފް ރޫމުން ވެސް ވައްކަން ކޮށްފައި ވެއެވެ.

comment ކޮމެންޓް