މަރުވެފައި އޮތް ދިވެއްސެއް ކަނޑުމަތިން ފެނިއްޖެ

---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން، މަރުވެފައި އޮތް ދިވެއްސެއް މިއަދު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 9:11ހާއިރެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަަށެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ކަނޑުމަތިން މީހުންގެ ހަށިތައް ފެނިފައިވެއެވެ. އާންމުކޮށް ފެންނަނީ، ފަތަން ނުވަތަ ފީނަން އުޅެނިކޮށް ގެނބިގެން މަރުވާ މީހުންނެވެ.

comment ކޮމެންޓް