އިސްކަންދަރު ސުކޫލުގައި ހުރި ބާ އިމާރާތް ތަޅައިލަނީ

އިސްކަންދަރު ސުކޫލު: އެ ސުކޫލުގެ ބާ އިމާރާތް ތަޅާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ -- ސަން ފައިލް ފޮޓޯ

ރައްކާތެރި ނޫންކަމަށް ނިންމައި، ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ، އިސްކަންދަރު ސުކޫލުގައި ބާވެފައި ހުރި އިމާރާތް، ތަޅައިލުމަށް ނިންމައިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްކަންދަރު ސުކޫލުގެ ބާ އިމާރާތުގައިވަނީ ވަރަށް ބޮޑަށް ރެނދުލައިފައެވެ. އަދި ފާރުތައް ތަނބުތަކާ ވަކިވެފައިވާއިރު އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވަނީ

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، އެ ސުކޫލު ތަޅައިލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިދިޔަ ހޯމަ ދުވަހު ގެޒެޓްގައި އިއުލާނުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މަަސައްކަތް ކޮށްދިނުމަށް ބިޑް ރަޖިސްޓްރީ ކުރުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފައިވާއިރު ބީލަން ރަޖިސްޓްރީ ކުރެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށް އެ އިއުލާނުގައިވެއެވެ.

މީގެ ކުރިން އެމްއެންޑީއެފްގެ ސިވިލް އިންޖިއަނަރުންގެ ޓީމަކުން އިންސްޕެކްޝަނެއް ހެދުމަށްފަހު އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އޮތީ އަންގައިފައެވެ. އެހެންވެ މިހާރު އެތަން ބޭނުން ކުރަމުން އަންނަނީ ގުދަނަކަށެވެ.

އެ ސުކޫލުގައި މިހާރު ތައުލީމު ހާސިލްކުރަމުންދަނީ ދެހާހެއްހައި ދަރިވަރުންނެވެ.

comment ކޮމެންޓް