ރޯދަމަހުގެ ފަހު ދިހައެއްގައި ބޭންކްތައް ހުޅުވާނީ ދެ ދުވަހު

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ/ އެމްއެމްއޭ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާ ގުޅިގެން، އެ ދުވަސްތަކުގެ ތެރޭގައި ބޭންކް ހުޅުވާފައި ހުންނާނީ ދެ ދުވަހު ކަމަށް އެމްއެމްއޭއިން މިއަދު ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްއެމްއޭ އަދި ބޭންކްތައް ހުޅުވިފައި ހުންނާނީ ފަހު ދިހައެއްވާ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ކަމަަށެވެ.

އެގޮތުން، ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ރަމަޟާން މަހުގެ އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން އެ ދެ ދުވަހު ކުރިއަށް ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ރޯދަ މަހަކީ އެހެން މަސްތަކަށް ވުރެން މަސައްކަތު ގަޑި މަދު މަހެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ މިއަހަރުން ފެށިގެން ކޮންމެ ރޯދަ މަހެއްގެ ފަހު 10ގައި ސަރުކާރު ބަންދު ކުރުމަށެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.

comment ކޮމެންޓް