ހޮޓެލިއާ މޯލްޑިވްސްގެ އެވޯޑް މި ފަހަރު 21 ކެޓަގަރީއަކުން

ރިސޯޓު މުވައްޒަފުންގެ އަގު ވަޒަންކުރަން ހޮޓެލިއާ މޯލްޑިވްސްއިން ދޭ އެވޯޑަށް ކުރިމަތިލާން މިއަދު ހުޅުވާލާފައިވާއިރު މި އަހަރުގެ އެވޯޑު ޖުމުލަ 21 ކެޓަގަރީއަކުން ދޭން ނިންމައިފިއެވެ.

މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މި އެވޯޑަކީ ކޮންމެ އަހަރަކު ދޭގޮތަށް އަލަށް ތާއާރަފުކޮށްގެން ހޮޓެލިއާ މޯލްޑިވަސްއިން ދޭ އެވޯޑެކެވެ. ރިސޯޓުތަކުން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެވޯޑަށް ނޮމިނޭޓުވާ މީހުން އިއުލާންކުރަަން ނިންމާފައިވަނީ އަންނަ މަހުގެ ފަހުކޮޅުއެވެ.

އަދި، އެވޯޑުދޭން ހަމަޖެހެފައިވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ހާއްސަ ގާލާ ނައިޓު ހަފުލާއެއްގައެވެ.

މަގުބޫލު މަޖައްލާ ހޮޓެލިއާ މޯލްޑިވްސްގެ އެވޯޑުގެ މަޤުޞަދަކީ ހޮޓާތައް ވީހާ ވެސް ހަރުދަނާގޮތެއްގައި ހިންގުމަށްޓަކައި އެހާ ގިނަ ވަގުތު، މަސައްކަތުގައި އަމާނާތްތެރިކަމާ އެކު ހޭދަކުރާ، މުވައްޒަފުންގެ އަގުވަޒަންކުރުން ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުންޏެވެ.

މި އެވޯޑު ދޭނެ ކެޓަރަގީތަކުގެ ތެރޭގައި:

  • ހައުސް ކީޕިން
  • އިންޖިނިއަރިން
  • ފުޑް އެންޑް ބެވަރޭޖު
  • ސްޕާ އެންޑް ވެލްނެސް
  • ސޭލްސް އެންޑް މާކެޓިން
  • ކޮންސިއާޖް/ގެސްޓް ސާވިސަސް
  • އައިޓީ
  • އެޗްއާރް އެންޑް ޓްރެއިނިން
  • ސެކިއުރިޓީ އޮފިސަރު
  • އޭވިއޭޓާ
  • މެރައިނާ
  • ޕްރޮކިއުމަންޓް
  • ޝެފް
  • ފިނޭންސް
  • ޒުވާން ހޮޓެލިއާ
  • އަންސަންގް ހީރޯ
  • ހޮޓެލް ޓީމް
  • ޖެނެރަލް މެނޭޖާ
  • ތަމުރީނާއި ތަރައްގީ
  • ސަސްޓެއިނަބިލިޓީ
  • ސީއެސްއާރު

އެވޯޑު ދޭނީ އާންމުންގެ ވޯޓު ހިމަނައިގެން ޖަޖުންގެ ޕެނަލަކުން ދޭ މާކްސްގެ މަށްޗަށް ބިނާކޮށްގެން ކަމަށް ހޮޓެލިއާއިން ވަނީ ބުނެފައެވެ. މާކްސް ދޭއިރު ޖަޖުން ބަލާނެ ކަންތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާގެ ޒިންމާ އަދާކުރި ގޮތާއި ކާމިޔާބީ އަދި ކަސްޓަމަރުންގެ ފީޑްބެކް ހިމެނެއެވެ.

comment ކޮމެންޓް