އެއާޕޯޓުގައި ބާރުބޮޑުވުމުން، ފަސިންޖަރުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

ބަންދާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބާރުބޮޑުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ އެއާޕޯޓުން މިރޭ އިލްތިމާސްކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ވީއައިއޭއިން ބުނީ އެއާޕޯޓުގައި މީހުން ގިނަވެ، ކިޔޫތައް ދިގުވުމުން ޚިދުމަތްތައް ހޯދުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށެވެ.

އެހެންވެ، ބޭރު ދަތުރުތައް ކުރާ ފަރާތްތަކުން ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް ވީއައިއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

"ވީއައިއޭ މެދުވެރިކޮށް ކުރާ ދަތުރަކީ އެއްވެސް ބުރުލެއް ނާރާ ކުރާ ދަތުރުތަކެއްކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެންގެ ސްޓާފުން މިތިބީ ތައްޔާރަށް،" ވީއައިއޭއިން ބުންޏެވެ.

ބަންދާ ދިމާކޮށް ބައިނަލްއަގްވާމީ ދަތުރުތައްކުރާ ފަސިންޖަރުން ގިނަވުމުން، ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި ޗެކިން ފެށެންވާއިރަށް އެއާޕޯޓަށް އައުމަށް މީގެ ކުރިން ވެސް ވީއައިއޭއިން އަންގައެވެ.

ޗުއްޓީ ދުވަސްވަރު ބާރު ބޮޑުވުމަކީ އާންމުކަމެކެވެ. އެގޮތުން ޗުއްޓީ ނިންމާލުމަށް ފަހު ގިނަ ފަރާތްތަކުން ދަތުރުކުރާއިރު އެއާޕޯޓުތައް އިތުރަށް ބާރުބޮޑުވެއެވެ.

comment ކޮމެންޓް