ސްކޫލުތަކަށް ދަތިވާގޮތަށް ހުރި އުޅަނދުތައް ނަގަން އަންގައިފި

މާޗް 20، 2020: މާލޭ މަގުމަތި: ސްކޫލުތަކަށް ދަތިވާހެން މަގުމަތީ ހުރި އުޅަނދުތައް ނަގަން ފުލުހުން މިއަދު ވަނީ އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ސްކޫލުތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން ފުލުހުން މިއަދު އަންގައިފިއެވެ.

އަންނަ އާދިއްތަ ދުވަހު، ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު ބައެއް ސްކޫލުތަކަށް ދަތިވާގޮތަށް ވެހިކަލް ޕާކުކޮށްފައި ހުންނާތީ އަބަދު ވެސް ކަންބޮޑުވުން އިވެއެވެ.

ފުލުހުން މިއަދު ވަނީ، ސްކޫލުތަކަށް ދަތިވާގޮތަށް އަދި ސްކޫލުތަކުގެ ގޭޓާ ދިމައިވާ ގޮތަށް ބަހައްޓާފައިހުރި ވެހިކަލްތައް ނަގަން އަންގައިފައެވެ.

މީގެ އިތުރުން، ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު އަދި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައި ހުރި ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކުނުކުރާން ވެސް ފުލުހުން މިއަދު ވަނީ އަންގާފައެވެ.

ފުލުހުން ވަނީ މާލޭގެ ބާރުބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދު ޕާކުކުރުން ވެސް މަނާކޮށްފައެވެ.

ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.

comment ކޮމެންޓް