ހުޅުމާލޭ ސަހަރާއިން ފެން ނުހިނދޭތީ، މީހުން ވަޅުލުން އާ ސަހަރާއަށް

ހުޅުމާލެ ސަހަރާގެ ބިމުގެ އަޑިން ފެން ނުހިނދޭތީ، މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށްވަނީ ބަދަލުކޮށްފައި --- ފޮޓޯޯ/ ސަން ފައިލް ފޮޓޯ

ހުޅުމާލެ ސަހަރާގެ ބިމުގެ އަޑިން ފެން ނުހިނދޭތީ، ވަގުތީ ގޮތުން މީހުން ވަޅުލުން މާލޭގެ ގަލޮޅު އާ ސަހަރާއަށް މިއަދު ބަދަލުކޮށްފިއެވެ.

މިކަން މާލޭ ސިތީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށް ބިންގަނޑުގެ އަޑިން ދެ ފުޓާއި ތިން ފޫޓު އަޑިއަށް ކޮންނަންޖެހޭ ކަމަށެވެ. ނަމަވެސް، މި ވަގުތު ހުޅުމާލޭ ސަހަރާގައި އެއް ފޫޓު އަޑިއަށް ކޮންނަ ހިސާބުން، މައްޗަށް ފެންގަނޑު އަރާ ކަމަށެވެ.

އެހެންވެ، މި މައްސަލަ ހައްލުވަންދެން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ގަލޮޅު އާ ސަހަރާގައެވެ.

އާދީއްތަ ދުވަހު ހުއްޓުމެއްނެތި މާލޭ ސަރަހައްދަށް ގިނައިރު ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެ، މައްޔިތުން ވަޅުލުމަށާއި ޖަނާޒާ ބޭއްވުމަށް ދަތިތަކެއް ވެސް ކުރިމަތިވިއެވެ.

މާލޭގައި މީހުން ހިނެވުމަށް ބެނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އެކަމަކު، އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.

comment ކޮމެންޓް