އާ އަހަރު ފާހަގަކުރަން އަކްޝޭގެ އާއިލާ ރާއްޖެއަށް

އަކްޝޭ ކުމާރާއި އޭނާގެ އާއިލާ އާ އަހަރުގެ ޗުއްޓީ ފާހަގަކުރުމަށް ރާއްޖެ އައިސް -- ފޮޓޯ/އިންސްޓާގްރާމް، ޓްވިންކަލް ކަންނާ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރާއި އޭނާގެ އާއިލާ އާ އަހަރުގެ ޗުއްޓީ ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އަކްޝޭއާއި އަންހެނުން ޓްވިންކަލް ކަންނާ އާއި ދަރިފުޅު ނިތާރާ އާ އަހަރު ފާހަގަކުރަމުން އަންނަނީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖާނީގައެވެ.

އެ ރިސޯޓުގައި އަކްޝޭ އާއި ނިތާރާ ބައިސްކަލް ދުއްވާތަން ފެންނަ ވީޑިއޯއެއް އިންސްޓަގްރާމް ސްޓޯރީގައި ޓްވިންކަލް ވަނީ ޕޯސްޓްކޮށްފައެވެ.

ޗުއްޓީ ހޭދަކުރުމަށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަކްޝޭ އާއި އޭނާގެ އާއިލާ ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރި ފިލްމު "މިޝަން ރާނީގަންޖް"އިން އަކްޝޭ ފެނިފައިވާއިރު އިތުރު ހަ ފިލްމެއްގެ މަސައްކަތް އަކްޝޭ އަންނަނީ ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ އިތުރުން ވެސް ގިނަ އަދަދެއްގެ މަޝްހޫރު މީހުން ޗުއްޓީއަށް ރާއްޖެ އާދެެއެވެ.

comment ކޮމެންޓް