ހިލޭ ބޯންމެރޯ ހަދަން ދެ ކުދިން މިއަދު ފުރައިފި

ފެބްރުއަރީ 27، 2021: ދަމާސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތެލަސީމިޔާ ސެންޓަރ އަށް ލޭ ހަދިޔާކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުދިން މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އެ ކަން ހާމަކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެންމެ ފުރަތަމަ ހިލޭ ބޯންމެރޯ ހަދަން ކުއްޖަކު ފުރީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯއާއި ވެރިކަމުގެ 14 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ޓްރާންސްޕްލާންޓް ހަދައިދިނުމަށް ނިންމައިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

ހަމައެއާއެކު، ބޯންމެރޯ ޓްރާންސްޕާލަންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، ކުރިއަށް އޮތް އަހަރުތަކުގައި، ޓްރާންސްޕްލާންޓަށް ޝަރުތު ހަމަވާ ކުދިންނަށް އެ އޮޕަރޭޝަން ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށާއި އެކަމަށް ޚާއްޞަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

އަދި ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބްލްސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް މީގެ ކުރިން ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް