އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލު ރޯކޮށްލައިފި

ރ. އިނގުރައިދޫ: އެ ރަށު އިސް މެޖިސްޓްރޭޓުގެ ސައިކަލުގައި ވަނީ ރޯކޮށްލާފައި -- ފޮޓޯ/ އެ ރަށު ކައުންސިލް

ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލުގައި ރޯކޮށްލައި އަންދާލައިފިއެވެ.

ރަޝާދުގެ ސައިކަލްގައި ރޯކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު ކަމަށް ފުލުުހުން ބުނެއެވެ. ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރަޝާދުގެ ސައިކަލަށް ގެއްލުން ދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށް، މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

އެގޮތުން މި ކަމުގައި ބައިވެރިވެފައިވާ މީހުން ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ ބަޔަކަށް ވާތީ ރަޝާދުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލާފައެވެ.

comment ކޮމެންޓް