ގުޅީފަޅުން 90 ހެކްޓަރުގެ ބިން ހިއްކައިފި

ގުޅިފަޅު ބިން ހިއްކަނީ. މިހާރު 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ބިން ވަނީ ހިއްކައިފައި -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ކ. ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ތެރެއިން މިހާތަނަށް 90 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި، މެދުކެނޑުމެއް ނެތި ކުރެވެމުން އަންނަކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގުޅީފަޅުން މިހާރު ޖުމްލަ 150ހެކްޓަރު ހިއްކާނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ފަށާފައިވާއިރު މިހާތަނަށް ނިންމާފައި އޮތީ 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ.

ގުޅިފަޅު ބިން ހިއްކަނީ. މިހާރު 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ބިން ވަނީ ހިއްކައިފައި -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވެއެވެ.

comment ކޮމެންޓް