އުރީދޫ ފަން ރަން އަންނަ އަހަރު ލާމު އަތޮޅަށް

އުރީދޫ ފަން ރަން 2023 ގެތެރެއިން--ފޮޓޯ/އުރީދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުންކަަމަށްވާ އުރީދޫ ފަން ރަން އަންނަ އަހަރު ލާމު އަތޮޅުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.

އުރީދޫ ފަން ރަން 2023 ގެތެރެއިން--ފޮޓޯ/އުރީދޫ

އުރީދޫ ފަން ރަން 2024ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫއިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރީ ނިމިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން ފެށުމުގެ ރަސްމިއްޔާތު ތެރެއިންނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަން ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ހުސައިން މުޙައްމަދު ލަތީފަށް ވަނީ އަރުވައިފައެވެ.

އެ ކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އަންނަ އަަހަރުގެ ފަން ރަން ލ. އަތޮޅުގައި ވެސް ބާއްވަން ޚިޔާރުކުރެއްވީ އެ އަތޮޅުގެ ގުދުރަތީ ރީތިކަމާއި ފުރިހަމަ ސަގާފަތުގެ ސަބަބުން ކަމަށެވެ.

އުރީދޫއިން ބުނީ މި އަހަރުގެ ދުވުމުގައި 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

މި އަަހަރުގެ އުރީދޫ ފަން ރަން އޮތީ މިދިޔަ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައެވެ.

comment ކޮމެންޓް