މަހަށް ގޮސް އުޅުނު ބިދޭސީއަކު މަރުވެއްޖެ

ގއ. ވިލިނގިލި: އެ ރަށު ދޯންޏެއްގައި މަހަށް ގޮސް އުޅުނު ބިދޭސީއަކު ވަނީ ނިޔާވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. ވިލިނގިލިން ދޯންޏެއްގައި މަހަށް ގޮސް އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ވިލިނގިލިން ދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހެއްގެ ހާލު ސީރިއަސްވެ، ރޭ ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ހާލު ދެރަވެގެން އެ މީހާ ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ ރޭ 00:25 އެހާކަންހާއިރެވެ.

ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރުގައި ވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް