އަނަނިޔާއަށް އިރުޝާދު ދޭ މެންޓޯއަކީ އަކްޝޭ ކުމާރު

ބަތަލާ އަނަންޔާ ޕާންޑޭ އަދި އަކްޝޭ ކުމާރު-- ފޮޓޯ/ ފިލްމިފައި

އަނަނިޔާ ޕާންޑޭ އާއި އަކްޝޭ ކުމާރު ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ ބައޮޕިކްގައި އަކްޝޭ ޒުވާން ބަތަލާއަށް އިރުޝާދު ދޭ (މެންޓޯ)އެއްގެ ގޮތުގައި ފެންނާނެކަން ކަށަވަރު ވެއްޖެއެވެ.

މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ "ދަ އަންޓޯލްޑް ސްޓޯރީ އޮފް ސީ ސަންކަރަން ނަޔަރް)އެވެ.

މި ފިލްމަކީ، 1919ވަނަ އަހަރު އިންޑިއާގެ އަމްރިތްސަރުގައި ހިނގި ތާރީޚީ ޤަތުލު އާއްމު ކަމަށްވާ ޖަލިއަންވާލާ ބާގްގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ޑައިރެކްޓަރު ކަރަން ސިންގް ތިޔާގީގެ މި ފިލްމުގައި އަކްޝޭ އާއި އަނަންޔާ ވެސް ކުޅޭނީ ވަކީލުންގެ ރޯލް ކަމަށާއި ނަމަވެސް ފިލްމުގައި އަނަނިޔާއަށް އިރުޝާދު ދޭ މީހަކީ އަކްޝޭ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މި ފިލްމުގައި އަކްޝޭ އާއި އަނަނިޔާގެ ލޯބީގެ މަންޒަރެއް ނުހިމެނޭނެ ކަމަށާއި ފިލްމުގައި ދެ ތަރިން ވެސް ފެންނާނީ އެއަށްވުރެ މާ ޕްރޮފެޝަނަލް ރޯލްތަކުން ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

މީގެކުރިން މިފަދަ ގޮތަކަށް ސިނަމާއިން ފެނިފައި ވަނީ ބަތަލާ އާލިއާ ބަޓް އަދި ޝާހްރުކް ޚާންއެވެ. އެއީ ފިލްމު "ޑިއަ ޒިންދީގީ"އިންނެވެ. ފިލްމު "ޑިއަ ޒިންދަގީ"އަށް ފަހު ހަތް އަހަރު ފަހުން އެ ފިލްމުގެ ކެރެކްޓާގެ ހަނދާންތައް ގިނަ ބަޔަކަށް އާކޮށްދޭން އަކްޝޭ އާއި އަނަނިޔާ ތައްޔާރުވަމުން އަންނަ އިރު މިއީ މި ދެ ތަރިން އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.

ފިލްމީ ތަރި އަކްޝޭ ކުމާރު ފިލްމު "މިޝަން ރާނީގަންޖް'ގެ މަންޒަރެއްގައި-- ފޮޓޯ/ އިންޓަނެޓް
މި އަހަރުގެ އޮކްޓޯބަރ މަހު ރިލީޒް ކުރި ފިލްމު "މިޝަން ރާނީގަންޖް"އިން އަކްޝޭ ކުމާރު ފެނިފައިވާއިރު އިތުރު ހަ ފިލްމެއްގެ މަސައްކަތް އަކްޝޭ އަންނަނީ ކުރަމުންނެވެ.

އޭގެތެރޭގައި މަރާޓީ ފިލްމެއް ވެސް ހިމެނެއެވެ. މި އަހަރުގެ އޮގަސްޓް މަހު ރިލީޒްވި ފިލްމު "ޑްރީމް ގާލް2"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ބަތަލާ އަނަންޔާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 26ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރާ ފިލްމު "ކޯ ގަޔޭ ހަމް ކަހާން"އިންނެވެ.

comment ކޮމެންޓް