މި މަހަށް މުއްދަތު ހަމަވާ ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.
މީރާއިން މިކަން އިލްތިމާސްކޮށްފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ފަހު ހަފުތާތަކަކީ ސްކޫލް ބަންދާއި މީލާދީ އައު އަހަރާއި ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީއެވެ.
މި ފެށޭ ހަފުތާ ބުރާސްފަތި ދުވަހަކީ މިދިޔަ ނޮވެންބަރު މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށް މީރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
އަދި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައ،ި އެ ފައިސާ ވެސް މީރާއަށް ދައްކަންޖެހޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ހަމަ އެ ދުވަހަކީ ނޮވެމްބަރު މަހުގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި ނޮވެންބަރު މަހުގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިކަމަށް ވެސް މީރާއިން ބުނެއެވެ.
އަދ،ި 31 ޑިސެންބަރު ވާ ދުވަހަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިކަމަށް މީރާއިން ބުނެއެވެ.
މީރާގެ ޚިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައ،ި މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާންވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އަދ،ި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ބުންޏެވެ.
އަދ،ި ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް
އެހީތެރިކަމެއް ބޭނުންވާނަމަ، ލަސް ނުކުރައްވާ މީރާއިން އެހީތެރިކަން ހޯއްދެވުމަށް މީރާއިން އެދިފައިވެއެވެ.