މިއަދު ބޭއްވި ހަތަރު ބައި-އިލެކްޝަންގެ ތިން ގޮނޑި ޕީޕީއެމްއަށް

ވޯޓު ގުނުން ކުރިއައްދަނީ-- ސަން ފައިލް ފޮޓޯ

ތިން ރަށެއްގެ ކައުންސިލު މެންބަރުންނާއި އެއް ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ތިން ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހަތަރުވަނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔައީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމާއި، ނ. މާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމާއި، އދ. ހަންޏާމީދޫ ކައުންސިލް މެންބަރު އިންތިޚާބުކުރުމުގެ އިތުރުން ނ. މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.

މި ވޯޓު ފޮށިތަކުގެ ނަތީޖާތަކަކީ:

ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން:

  1. ޚަދީޖާ މައުރިފާ (ޕީޕީއެމް) - 402 ވޯޓު
  2. ޙައްވާ ސުދާ (އެމްޑީޕީ) - 367 ވޯޓު

ނ. މާފަރު ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން:

  1. މުޙައްމަދު އަބޫބަކުރު (ޕީޕީއެމް) - 239 ވޯޓު
  2. މުސްލިމް މުޙައްމަދު (އެމްޑީއޭ) - 90 ވޯޓު

އދ. ހަންޏާމީދޫ ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން:

  1. މުޙައްމަދު ވަހީދު (ޕީޕީއެމް) - 169 ވޯޓު
  2. މުޙައްމަދު ޔާސިރު (އަމިއްލަ) - 212 ވޯޓު

ނ. މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން:

  1. މަރްޔަމް ޝާތިރާ (ޕީޕީއެމް) - 217 ވޯޓު
  2. އަސްރާރު ހަސަން (އެމްޑީޕީ) - 113 ވޯޓު

ތިން ގޮނޑި ޕީޕީއެމުން ކާމިޔާބުކުރިއިރު ހއ. ކެލާ ދާއިރާގައި މީގެ ކުރިން ވެސް ތިބީ ހުސް އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އަދި މިއަދު އިންތިޚާބުވި ގޮނޑިއާއެކު ދެންވެސް އެ ދާއިރާގައި ތިބޭނީ ހުސް ޕީޕީއެމަށް ނިސްބަތްވާ ކައުންސިލް މެންބަރުންނެވެ.

ނަމަވެސް ނ. މާފަރު ކައުންސިލްގައި މެޖޯރިޓީއަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ހަންޏާމީދޫގައި މިއަދު އިންތިޚާބުވި މެންބަރާއެކު އެ ދާއިރާގައި ތިބޭނީ ހުސް އަމިއްލަ މެންބަރުންނެވެ.

comment ކޮމެންޓް