ބޮޑެތި ޑިސްކައުންޓުތަކަކާއެކު ސޮނީ ހާޑްވެއާގެ ''ރެޑް ސޭލް'' ފަށައިފި

ސޮނީ ހާޑްވެއާގެ ހުޅުމާލޭ ފިހާރަ

ބޮޑެތި ޑިސްކައުންޓުތަކަކާއެކު ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މިއަދު ފަށައިފިއެވެ.

މި ސޭލް ކުރިއަށް ދާނީ އަންނަ މަހުގެ 18ގެ ނިޔަލަށެވެ. މިއީ ހަމައެކަނި ސޮނީ ހާޑްވެއާގެ ހުޅުމާލެ ފިހާރާގައި ކުރިއަށްދާ ސޭލެކެވެ.

ރެޑް ސޭލްގައި ތަފާތު ޕްރޮޑަކްޓް ކެޓަގަރީތައް ހިމެނެއެވެ. އެގޮތުން މި ސޭލްގައި ހިމެނޭ ޕްރޮޑަކްޓް ކެޓަގަރީތަކުގެ ތެރޭގައި:

  • ޓޫލްސް
  • ޑިނާވެއާ
  • ހޯމް އެކްސެސަރީޒް
  • އިލެކްޓްރިކަލްސް
  • ޕެއިންޓް
  • ސެނިޓަރީ ވެއާ
  • އެހެނިހެން

މި ހުރިހާ ޕްރޮޑަކްޓްތަކަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

ސޮނީ ހާޑްވެއާގެ ހުޅުމާލެ ފިހާރައިން ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވިޔަފާރިކުރެވޭނެއެވެ. އެގޮތުން ފިހާރަ ހުޅުވާފަ ހުންނާނެ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12 އަށް އަދި މެންދުރު 02:00 އިން ހަވީރު 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ.

comment ކޮމެންޓް