ތިން ރަށެއްގެ ބައި- އިލެކްޝަންގެ ވޯޓްލުން ފަށައިފި

ވޯޓް ކަރުދާސްތަކެއް ގުނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ރަށެއްގެ ކައުންސިލު މެންބަރުކަމަށް، އަދި އެއް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން މިހާރު ކުރިއަށްދާ ކަމަށް, އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީއިން ބުނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ދަނީ ހއ. ކެލާ، ނ. މާފަރު، އަދި އދ. ހަންޏާމީދޫ ކައުންސިލް މެންބަރު ކަމަށް ވޯޓުލުން ކަމަށެވެ.

އަދި ނ. މާފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލްކްޝަން ވެސް މިއަދު ފަށައިފައިއިވާ ކަމަށް އީސީން ބުންޏެވެ.

ކެލާ، މާފަރު، އަދި ހަންޏާމީދޫގައި މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބަކީ، އެ ރަށް ތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރިއަށް ގެންދާ އިންތިޚާބެކެވެ.

comment ކޮމެންޓް