69 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުން ހޯދި ބަނގުރާ ފުޅިތައް -- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ފުރަތަމަ ފޭސްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 69 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތައް ހޯދީ، އޭނާ ދުއްވަމުން އައި ކާރުންނެވެ.

އިތުރަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

އެއާއެކު އެ މައްސަލަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަކަމަަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

ރޭ މާލޭގައި ވެސް ފުލުހުން ކުރިއަށްގެންދިޔަ ބައެއް އޮޕަރޭޝަންތަކުގައި ބައެއް ތަންތަން ބަލައިފައިވެއެވެ. އެގޮތުން ބޭރު މަގު ސަރަހައްދުގައި ހުންނަ އެފްއެސްއެމް ކުރިމަތީ ޖެޓީގައި، ފުލުހުންވަނީ ބައެއް ބިދޭސީންނާއި އެ މީހުން ގެންގުޅުނު ބައެއް ފުޅިމަދު ފޮށިތައް ބަލައި ފާސްކޮށްފައެވެ.

comment ކޮމެންޓް