ބީޕާ އެޕްލިކޭޝަން، އެޕަލްއިން ބްލޮކްކޮށްފި

އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް އައިމެސެޖް އެކްސެސް ފޯރުކޮށްދޭ މަޝްހޫރު "ބީޕާ އެޕް" އެޕަލްއިން ބްލޮކްކޮށްފިއެވެ.

ބީޕާ މިނީ އެޕްލިކޭޝަން އެޕަލްއިން ބްލޮކްކޮށްފައި މިވަނީ ޕްރައިވެސީ އާއި ސެކިއުރިޓީގެ ކަންބޮޑުވުންތައް ހުރި ކަމަށް ބުނެއެވެ.

ބީޕާ މިނީ އެޕްލިކޭޝަނުން، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެޕަލްގެ އެކްސްކްލޫސިވް އައިމެސެޖް ޕްލެޓްފޯމަށް ވަދެ، އައިއޯއެސް ޑިވައިސްތައް ބޭނުންކޮށްގެން ރައްޓެހިންނާއި ކޮންޓެކްޓުންނާ މުއާމަލާތް ކުރުމުގެ މަގު ފަހިކޮށްދީފައިވެއެވެ.

އެޕަލްއިން ނެރުނު ބަޔާނެއްގައި ބުނީ އައިމެސެޖްގެ ޚިދުމަތަށް "ފޭކް ކްރެޑެންޝަލްސް އެކްސްޕްލޮއިޓް ކުރާ ޓެކްނިކްތައް" ހުއްޓާލަން ފިޔަވަޅުއެޅީ ކަމަށެވެ. އެ ކުންފުނިން ބުނަމުން ދިޔައީ އެ ކުންފުނީގެ އޮތެންޓިކޭޝަން ބައިޕާސް ކުރުމުން ފޯން ބޭނުންކުރާ މީހާގެ މައުލޫމާތު ބަޔަކު ނަގައި، އާންމު ކުރުމުގެ ފުރުޞަތު އޮތުމުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމަށެވެ.

އެޕަލްއިން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް ބީޕާ މިނީ އުފެއްދި ކުންފުނީގެ ބާނީ އެރިކް މިގޯސްވްސްކީ ވަނީ އެވާހަކަތަކަށް އިންކާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ޕްރޮސެސްގައި އެންކްރިޕްޝަން އަދި ޕްރައިވެސީ ސްޓޭންޑަޑްތައް އެ އެޕްލިކޭޝަނުން ދަމަހައްޓާފައިވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގައި މި އެޕްލިކޭޝަނަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވާން ފެށުމުން އެންޑްރޮއިޑްގައި އައިމެސެޖް ފަންކްޝަންތައް ޑިސެބަލްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ބީޕާ މިނީ ބްލޮކް ކުރުމަށްފަހު، އެޕަލްއިން ބުނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާއިރު މިނޫން ވެސް މިފަދަ އިތުރު އަޕްޑޭޓްތައް ގެންނާނެ ކަމަށެވެ.

މިފިޔަވަޅުގެ ސަބަބުން އެއް ލައްކައަށްވުރެ ގިނަ އެންޑްރޮއިޑް ކަސްޓަމަރުން ބޭނުންކުރާ މަޝްހޫރު ޚިދުމަތެއް ހުއްޓޭނެއެވެ. އެންޑްރޮއިޑްގައި ރަސްމީކޮށް އައިމެސެޖް ސަޕޯޓެއް ނެތުމުން ގިނަބަޔަކު ދަނީ އެޕަލްއިން އެކި ޕްލެޓްފޯމްތަކުގައި މި ޚިދުމަތް ފުރިހަމައަށް ހުޅުވާލުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް