އާބަންކޯގެ ޚިދުމަތްތަކާ ގުޅޭ ސުވާލާއި ޝަކުވާ ސީދާ އެމްޑީއަށް ފޮނުވޭނެ ނިޒާމެއް

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް -- ފޮޓޯ: އާބަންކޯ

އާބަންކޯއިން ދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޚިޔާލުތަކާއި ޝަކުވާތައް، ސީދާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވޭނެ ނިޒާމެއް އެ ކުންފުނިން ގާއިމްކޮށްފިއެވެ.

އާބަންކޯއިން އެ ކަމަށް ޚާއްސަކޮށް ތައާރަފްކޮށްފައިވަނީ އާސްކް އެމްޑީ ނަމުގައި މެއިލެކެވެ. މެއިލް މެދުވެރިކޮށް ސީދާ މެނޭޖިން ޑިރެކްޓަރަށް އެ މީހަކު ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މިކަމާ ގުޅިގެން އާބަންކޯއިން އިން ބުނީ، މިއީ އެ ކުންފުނިން ދޭ ޚިދުމަތްތަކާމެދު އުފެދިފައިވާ ސުވާލުތަކާއި، ޚިޔާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރި ކަމެއްކަމަށެވެ.

އާސްކް އެމްޑީ --- ފޮޓޯ: އާބަންކޯ

އެ ކުންފުނިން ބުނި ގޮތުގައި[email protected] މެއިލަށް ފޮނުވާ ޚިޔާލުތަކާއި ސުވާލު، އަދި ޝަކުވާތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމްޑީ ވަނީ އަރުވައިފައެވެ.

އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކަށް ސަރުކާރުން ހަމަޖައްސައިފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފަޒުލްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.

އާބަންކޯގެ އެމްޑީކަމުގެ މަގާމާ ހަވާލުވެ އެންމެ ފުރަތަމަ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްވަނީ މީޑިއާއާ ގާތްގުޅުމެއް ބާއްވަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް