ޓްރީ ޓޮޕްގެ ޚިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ ހިތާނީ ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ޚިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އެ ހޮސްޕިޓަލުން މިއަދު ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ އަހަރަކު ވެސް ބާއްވާ ހިތާނީ ކޭމްޕު މި އަހަރު ވެސް އޮންނާނެ ކަމަށެވެ. އެ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 10އާ ހަމައަށް ހުޅުވައިލެވިފައެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކޭމްޕުގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ފަސް ޑޮކްޓަރުން ހިމެނެއެވެ. އެއީ،

  • ޑރ. ހުސެއިން ހަދިޔެވް
  • ޑރ. އުކަތަމް އަބްދުއްލާޔެވް
  • ޑރ. މައުމޫން އާސިމް
  • ޑރ. މުހައްމަދު ޝަރީފު
  • ޑރ. އަބްދުﷲ އުބައިދު

މީގެ އިތުރުން، ކުުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު މެހްމެތު އޮޑާ ހިމެނެއެވެ.

ކޭމްޕުގެ މަގުސަދަކީ، ހުރިހާ އެންމެންނަށް ކޮންސަލްޓޭޝަންއިން ފެށިގެން ފޮލޯއަޕާ ހަމައަށް ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ޑރ. އުކަތަމް އަބްދުއްލާޔެވް ވިދާޅުުވީ، އެ ކޭމްޕުގައި އަބަދު ވެސް ކުދިންގެ ހަޔާތުގެ އެ މުހިއްމު ވަގުތުގައި ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތްދޭ ކަމަށެވެ. އަދި، މި އަހަރު ވެސް ހަމަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

ޚިތާނީ ކޭންޕުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހޭނީ 5000 ރުފިޔާއެވެ. އޭގެ އިތުރުން، ކޮޓަރިތައް ޒީނަތްތެރިކުތަން ބޭނުންވާ ފަރާތްތަކަށް ޕްރައިވެޓް ރޫމްތަކަށް ޚާއްސަ އަގުތަކެއް ވަނީ ހަމަޖައްސައިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕުގައި ބައިވެރިވުމަށް ގުޅަން ޖެހޭނީ 3351610 އަށެވެ.

comment ކޮމެންޓް