ވަޓްސްއެޕް ސްޓޭޓަސް، އިންސްޓަގްރާމަށް ހިއްސާކުރެވޭ ގޮތް ހަދަނީ

ވަޓްސްއެޕް ސްޓޭޓަސް އަޕްޑޭޓްތައް ސީދާ އިންސްޓަގްރާމަށް ހިއްސާކުރެވޭނެ ފީޗާއެއް އުފެއްދުމުގެ މަސައްކަތް ވަޓްސްއެޕުން ކުރަން ފަށައިފިއެވެ.

މި އިންޓަގްރޭޝަންގެ މަގުސަދަކީ ކަނެކްޓިވިޓީ އިތުރުކޮށް، ޔޫޒަރުން އެމީހުންގެ ވަގުތުތައް ފުޅާ ދާއިރާއެއްގައި ބެލުންތެރިންނާ ހިއްސާކުރުމުގައި މެދުކެނޑުމެއް ނެތި ތަޖުރިބާ ހޯދައިދިންކަމަށް ވަޓްސްއެޕުން ބުންޏެވެ.

ވަޓްސްއެޕްގެ ސްޓޭޓަސް ފީޗާ ތައާރަފް ކުރި ފަހުން ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. އިންސްޓަގްރާމްގެ ސްޓޯރީތައް ފަދައިން 24 ގަޑިއިރު ފަހުން ގެއްލޭ ފޮޓޯތަކާއި ވީޑިއޯތަކާއި ޓެކްސްޓް އަޕްޑޭޓްތައް ހިއްސާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މި ފީޗާ މެދުވެރިކޮށް އަމިއްލަ ފިކުރާއި ވިސްނުން މިނިވަންކަމާއެކު ހާމަކޮށް، ތަޖުރިބާ ހިއްސާކޮށް، ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހި ކުރެވޭނެއެވެ. ނަމަވެސް މިހާތަނަށް ވަޓްސްއެޕް ސްޓޭޓަސް އަޕްޑޭޓްތައް ހުރީ ހަމައެކަނި ވަޓްސްއެޕް ޕްލެޓްފޯމަށް އެކަންޏެވެ.

ވަޓްސްއެޕް ސްޓޭޓަސް އަޕްޑޭޓްތައް އިންސްޓަގްރާމް ސްޓޯރީސްއަށް ޝެއާ ކުރުމުގެ ގާބިލުކަން ލިބުމަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ގެނެސްދޭ ކަމެކެވެ

ފުރަތަމަ ކަމަކީ، ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ އަޕްޑޭޓްތައް މެނުއަލްކޮށް ދެ ޕްލެޓްފޯމަށް ވަކިން އަޕްލޯޑް ކުރަން ނުޖެހޭތީ، އޭގެ ސަބަބުން ވަގުތާއި މަސައްކަތް ސަލާމަތްވުމެވެ.

ދެވަނަ ފައިދާއަކީ، މި ކަމުގެ ސަބަބުން އެ މީހުންގެ ޝައުޤު އިތުރުވެ، ގިނަ އޯޑިއަންސަކާ ގުޅި، އެ މީހުންގެ ޕޯސްޓުތަކުގައި އިތުރު އެންގޭޖްމަންޓެއް ލިބުމުގެ މަގު ފަހިވެގެން ދިއުމެވެ.

ހަމަ އެހެންމެ ވަޓްސްއެޕާއި އިންސްޓަގްރާމްގެ މެދުގައި ފަސޭހަކަމާއެކު ނެވިގޭޓްކޮށް، އެ މީހުންގެ އަޕްޑޭޓްތައް ފަސޭހަކަމާ އެކު ހިއްސާކުރެވޭތީ، ސޯޝަލް މީޑިއާގެ މިހާރަށްވުރެ އެއްބައިވަންތަ ތަޖުރިބާއަކަށް މި ފީޗާ އިން މަގުފަހިކޮށްދެއެވެ.

ވަޓްސްއެޕާއި އިންސްޓަގްރާމާ ދެމެދު އޮންނަ އިންޓަގްރޭޝަނަކީ ފޭސްބުކްގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ސޯޝަލް މީޑިއާގެ އިކޯސިސްޓަމެއް އިތުރަށް ފުޅާކުރުމުގެ މަގުފަހިވެފައިވާ އުފެއްދުމެކެވެ.

comment ކޮމެންޓް