ވަގަށް ނެގި ކޮކްޓެއިލް ދޫނިތަކަކާއި، ދޫނި ކޮށްޓެއް މާފަންނު ޕޮލިސް ސްޓޭޝަނުގައި

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ވަގަށް ނަގައިގެން ގެންގުޅުނު ކަމަށް ބެލެވޭ ދޫނިތަކަކާއި ދޫނި ކޮށްޓެއް މާފަންނު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ހަތަރު ކޮކްޓެއިލް ދޫންޏާއި، ދޫނި ކޮށްޓެއް އެ ޕޮލިސް ސްޓޭޝަނުގައި ހުރި ކަމަށެވެ.

މި ދޫނިތަކަކީ މ. ފިނޮޅު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލު ކުރި މީހެއްގެ އަތުން ފުލުހުން އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދޫނިތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދޫނިތަކުގެ ވެރިފަރާތުން 9660183އަށް ގުޅައި، މައުލޫމާތު ހިއްސާކުރެއްވުމަށެވެ.

އަދި ކާކުކަން އެނގޭ ލިޔުމަކާއެކު ވެރިފަރާތުން މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް