އަމީނިއްޔާ ސްކޫލުގައި މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް ހުޅުވައިފި

ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްތެރި ކަމުގެ ތައުލީމު ދަސްކޮށްދިނުމުގެ ގޮތުން ގާއިމުކުރި ލެބްތަކުގެ ތެރެއިން އަމީނިއްޔާ ސްކޫލުގެ ލެބް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިއްޔާތު ފުރިހަމަ ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

އަމީނިއްޔާ ސްކޫލުގެ ލެބް ހުޅުވުމަށް މިއަދު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީއިންްްްް

އަމިނިއްޔާގެ ސްކޫލްގެ އިތުރުން މާލެ ސިޓީގެ އިތުރު ތިން ސްކޫލެއްގައި ވެސް ވަނީ މިފަދަ ލެބްތައް ހުޅުވާފައެވެ. އެއީ ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހިރިޔާ ސްކޫލް ހިމެނެއެވެ.

ރާއްޖޭގެ ތައުލީމު އިތުރަށް ފުޅާކުރުމުގެ ގޮތުން ތައުލީމާ ގުޅުންހުރި އިތުރު ހަރަކާތްތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ލެބްތައް ގާއިމުކުރުމަށް ނިންމާފައެވެ. އެހެންކަމުން، ރާއްޖޭގެ 28 ސްކޫލެއްގައި މި ލެބްތައް ގާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގޮތުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މިފަދަ ތަައުލީމާ ގުޅުންހުރި ލެބްތައް ގާއިމްކޮށް ކުދިންގެ ތަރުބިއްޔަތު އިތުރަށް ފުޅާކުރުމަށް މަގު ފަހިކޮށް ދިނުންކަމެވެ.

comment ކޮމެންޓް