ޔޫރަޕުން އިތުރު ކުޅުންތެރިން ގެންދާނެކަމުގެ އިޝާރާތެއް ސައުދީ އަރަބިއާގެ އަލް އެތިފާގުގެ ކޯޗު ސްޓީވަން ޖެރާޑް ދީފިއެވެ.
ފަހަކަށް އައިސް ޓްރާންސްފާ މާކެޓުގައި އެންމެ ކުރީގައި އޮތް ކްލަބުތަކުގެ ތެރޭގައި ސައުދީގެ ކްލަބުތައް ފާހަގަކޮށްލެވެއެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ހޯދުމަށް ސައުދީން ދަނީ ބޮޑެތި އަދަދުތަކުން ހަރަދުތައް ކުރަމުންނެވެ.
މިސީޒަނުގައި ސައުދީއަށް ދިޔަ ކޯޗުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ލިވަޕޫލުގެ ފުޓުބޯޅަ ލެޖެންޑް ޖެރާޑެވެ. އޭނާ ބުނެފައިވާ ގޮތުގައި ޖެނުއަރީގައި އިތުރު ކުޅުންތެރިންތަކެއް ގެންގޮސް، އަލް އެތިފާގުގެ ސްކޮޑު ވަރުގަދަކުރުމަށް މަސައްކަތްތަަކެއް ކުރާނެއެވެ.
"އަހަރެމެން ސަޕޯޓަރުންނަށް ޔަގީންކަން ދޭ ކަމަކީ ޔޫރަޕުން އިތުރު ކުޅުންތެރިން ގެނައުމަށް މަސައްކަތްކުރާނެކަން. އޭގެ އިތުރުން ސައުދީއަށް ނިސްބަތްވާ ކުޅުންތެރިން ހޯދުމަށް ވެސް މަސައްކަތްކުރާނަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޖެރާޑް ބުންޏެވެ.
މިސީޒަންގައި އަލް އެތިފާގާ ޖެރާޑް ހަވާލުވުމަށް އެ ކްލަބަށް ގެނައި މުހިންމު ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލުގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އެވަޓަނަށް ކުޅެމުންދިޔަ ޑެމަރާއި ގްރޭ ފާހަގަކޮށްލެއެވެ. ނަމަވެސް އެ ކުޅުންތެރިންނާއެކު ޖެރާޑަށް ސީޒަން ފެށުން ގޯސްވެފައިވާ އިރު، އަލް އެތިފާގު މިވަގުތީ އޮތީ ކުޅުނު 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ސައުދީ ޕްރޯ ލީގު ތާވަލުގެ ހަތްވަނައިގައެވެ.