އޮންލައިންކޮށް ކިޔައިލެވޭ ގޮތަށް އައްޑަނަ މަޖައްލާގެ 34 ވަނަ އަދަދު ނެރެފި

މިއަހަރުގެ އައްޑަނަ މަޖައްލާގެ ބޭރު ގަނޑު_ ފޮޓޯ: އެމްއެންޑީއެފް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސަފައިންގެ މަޖައްލާ "އައްޑަނަ"އިގެ 34 ވަނަ އަދަދު މިއަދު ޝާއިއުކޮށްފިއެވެ.

މި މަޖައްލާ ނެރެދެއްވީ، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ބެއްވި ދިދަ ޖެހުމާއި ގާޑް މައުންޓު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ބަންޑާރަކޮށީގައި ޗީފް އޮފް ޑިފެންސް ފޯސް، ލެޕްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މިއަދު ނެރުނު މި އަހަރުގެ މަޖައްލާގެ ތީމަކީ "ޝަހީދުންގެ ޒިކުރާ"އެވެ.

ރާއްޖެގައި ފުންނާބު އުސް އިލްމީ ލިޔުންތެރިން ލިޔުއްވާފައިވާ ދިރާސާ ލިޔުންތަކާއި ސިފައިންގެ ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތައް މި އަދަދުގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި، ބަހުގެ އަދަބިއްޔާތުގެ ތަފާތު ލިޔުންތަކާއި ގައުމީ، އިގްތިމާއިީ އަދި ދީނީ ލިޔުންތައް ލިޔުންތައް ހިމަނާފައިވެއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ އަދަދު އޮންލައިންކޮށް ކިޔާލުމަށް އެމްއެންޑީއެފުގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ.

އަދި، މަޖައްލާގެ ޕްރިންޓު ކޮޕީ ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނީ، މިކަން މި ގޮތަށް ކުރުމަށް ހަމަޖެއްސީ ގިނަ ބަޔަކަށް ކިޔާލުމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

އައްޑަނަ މަޖައްލާ ޝާއިއުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

މަޖައްލާގައި އެކި ކަހަލަ މުހިންމު މައުލޫމާތުތަކަށް އަލި އަޅުވާލައްވާލައިފައިވެއެވެ. އެގޮތުން، ނަސްރުގެ ދުވަހަށް ހާއްސަ މައުލޫމާތުތަކާއި އެކި ކަހަލަ ދިރާސީ ލިޔުންތައް މި އަދަދުގައި ހިމަނާފައިވެއެވެ.

ދީނީ ތަފާތު މައުލޫމާތުތަކާއި އިލްމީ އަދި ސިއްހީ އެތަކެއް ފައިދާ ހުރި މައުލޫމާތުތަކެއް މި މަޖައްލާގެ ސަބަބުން ލިބިގެންދާނެއެެވެ.

މި މަޖައްލާއަކީ 2007 ވަނަ އަހަރުން ފެށިގެން އަހަރަކު ދެ ފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މަޖައްލާ ނެރެނީ ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހާއި ސިފައިންގެ އަހަރީ ދުވަހުއެވެ.

comment ކޮމެންޓް