ޗާންދަނީ މަގުގައި ސޮނީ ހޯމް މެއިންޓަނަންސްގެ އާ ފިހާރައެއް

ޗާންދަނީ މަގުގައި އަލަށް ހުޅުވި ސޮނީ ހޯމް މެއިންޓަނަންސް ފިހާރަ-- ސަން ފޮޓޯ:މުހައްމަދު ޝާތިއު

ޗާންދަނީ މަގުގައި ހޯމް މެއިންޓަނަންސްގެ މުޅިން އާ ފިހާރައެއް ސޮނީ ހާޑްވެއާއިން މިއަދު ހުޅުވައިފިއެވެ.

މި ފިހާރައަކި ގޭ ތެރޭގައި ބޭނުންވާ ތަފާތު ސާމާނު އެއްތަނަކުން ލިބޭ ގޮތަށް ބައްޓަން ކުރެވިފައިވާ ފިހާރައެކެވެ.

އަލަށް ހުޅުވި މި ފިހާރައާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ފިހާރައިގެ ޝޮޕް މެނޭޖަރު ހުސެއިން ބައްސާމް އާދަމް ބުނީ، ސޮނީ ހާޑްވެއާގެ އެހެން ފިހާރަތަކާއި އަޅާ ބަލާއިރު މި ފިހާރަ ތަފާތުވާނެ ކަމަށެވެ. އެއީ، އެ ފިހާރައިން ކޮމްޕްލިމެންޓަރީ ސާވިސް ފޯރުކޮށްދޭތީ ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން އެ ފިހާރައިގައި ތިއްބަވާ ސްޓާފުން ގޭގެއަށް ގޮސް ހަލާކުވެފައިވާ ތަކެތި ހަދައިދޭނެ ކަމަށް އޭނާ ބުންޏެވެ.

ޗާންދަނީ މަގުގައި އަލަށް ހުޅުވި ސޮނީ ހޯމް މެއިންޓަނަންސް ފިހާރަ-- ސަން ފޮޓޯ:މުހައްމަދު ޝާތިއު

އިތުރަށް އޭނާ ބުނީ ގޭގެއަށް ގޮސް ހަލާކުވެފައިވާ ތަކެތި ހަދައިދިނުމުގެ ސާވިސް ފޮރުކޮށްދޭނީ، ސޮނީ ހާޑްވެއާގެ 'ވެލް ޓްރެއިންޑް' ސްޓާފުން ކަމަށެވެ.

ފިހާރައިން ލިބެން ހުރި ބައެއް ސާމާނަށް ބަލާއިރު، ގެ ހެދުމަށް ބޭނުންވާ ސާމާނުން ފެށިގެން ގޮސް ގޭގައި ހިފާ ގެންގުޅޭ ތަކެތި ވެސް އެ ފިހާރައިން ލިބެން އެބަހުއްޓެވެ.

އެގޮތުން، ގޭގައި ލާ ކުލައާއި، ފާހަނާއިގައި ހަރުކުރާ ޝަވަރު ފަދަ ތަކެތީގެ އިތުރުން، އިސްތިރިކުރާ މޭޒު، ގޭތެރެ ސާފުކުރަން ބޭނުންކުރާ ސާމާނުގެ އިތުރުން ޑަސްބިން އަދި ބަދިގޭގައި ހިފާގެންގުޅޭ ތަފާތު އެކި ކަހަލަ ސާމާނު ވެސް އެ ފިހާރައިން ލިބެން އެބަ ހުއްޓެވެ.

ޗާންދަނީ މަގުގައި އަލަށް ހުޅުވި ސޮނީ ހޯމް މެއިންޓަނަންސް ފިހާރަ -- ސަން ފޮޓޯ:މުހައްމަދު ޝާތިއު

އިތުރަށް ވާހަކަދައްކަވަމުން ބައްސާމް ބުނީ، އެ ފިހާރައިގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ގޭ ތެރޭގެ މެއިންޓަނަންސްއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

މި ފިހާރަ ބިނާ ކުރުމުގައި މާލޭގެ އެންމެ މީހުން ގިނަ ހާޑްވެއާ ނެތް ދިމާ ތަކަށް ބެލި ކަމުގައި ވެސް ބައްސާމް ވަނި ފާހަގަ ކޮށްފައެވެ. އެގޮތުން، ޗާންދަނީ މަގުގައި މި ފިހާރަ ބިނާކުރި މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިއަދު ސޮނީ ހާޑްވެއާގެ ހޯމް މެއިންޓަނަންސް ފިހާރައެއް ހުޅުވައިފައިވާއިރު، މި އަހަރުގެ ކުރީ ކޮޅު ސޮނީ ހާޑްވެއާއިން ވަނީ ހޯލްސޭލް ފިހާރައެއް ވެސް ހުޅުވައިފައެވެ.

comment ކޮމެންޓް