ދަރިވަރުން ޅެންވެރިކަމަށް ތަމްރީނު ކުރުމަށް އެކެޑަމީން ސެޝަންތަކެއް ފަށައިފި

ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ޅެންވެރިކަން ދަސްކޮށްދިނުމުގެ ސެޝަންތަކުގެ ތެރެއިން--

ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެން ހެދުމުގެ 26 ވަނަ ޤައުމީ މުބާރާތާ ގުޅުވައިގެން، ޅެން ހެދުމާއި ބަނދި ހެދުމަށް ދަރިވަރުން ތަމްރީނު ކުރުމުގެ ސެޝަންތަކެއް ދިވެހި ބަހުގެ އެކެޑަމީން ފަށައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން މިއަދު ބުނީ މިއީ ޅެންވެރިކަމުގެ ގައުމީ މުބާރާތިގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކުދިންނަށް ޚާއްސަ ކޮށްގެން ބާއްވާ ސެޝަން ތަކެއް ކަމަށެވެ.

ދިވެހި ބަހުގެ އެކެޑަމީން ބާއްވާ ޅެންވެރިކަން ދަސްކޮށްދިނުމުގެ ސެޝަންތަކުގެ ތެރެއިން--

މިއަދު ފެށި ސެޝަން ތަކުގައި ކިޔަވައިދެއްވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ، އަދި މި ދާއިރާއިން އެތައް ދަރިވަރުންތަކެއް ތަމުރީނުކުރައްވަމުން ގެންދަވާ އަލްއުސްތާޛު އާދަމް ޒާހިރު ކަމަށް އެ އެކަޑަމީން ވަނީ ބުނެފައެވެ.

އެ އެކަޑަމިން ބުނީ މި ސެޝަންތައް ކުރިއަށް ގެންދާނީ ތިން ދަންފަޅިއަކަށް ކަމަށެވެ. އެއީ ހެނދުނު 8:00 އިން 11:00 އަށް، މެންދުރު 13:00 އިން 15:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނީ މި ސެޝަންތަކުުގައި، 76 ސްކޫލަކުންނާއި އަމިއްލަ 17 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ. ކުރިއަށް ހުރި ސެޝަންތަކުގައި ބަނދިހެދުމާ ގުޅޭ ގޮތުން މައުލޫމާތުދިނުން އޮންނާނެކަމަށް ވެސް އެ އެކެޑަމީން ވަނީ ބުނެފައެވެ.

ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ޅެންވެރިކަން ދަސްކޮށްދިނުމުގެ ސެޝަންތަކުގެ ތެރެއިން--

ދާދި ފަހަކުން ދިވެހި ބަހުގެ އެކެޑަމީން ވަނީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތަށްވެސް ކުދިން ތައްޔާރު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އޮންލައިންކޮށް މިފަދަ ސެޝަންތަކެއް ނަގައިދީފައެވެ.

comment ކޮމެންޓް