ބޮޑު ކާސްްޓަކާ އެކު ފިލްމު 'ކާކީ'ގެ ސީކުއަލްއެއް

ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ މީގެ 19 އަހަރު ކުރިން އުފެއްދި ފިލްމު "ކާކީ"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަމީތާބް ބައްޗަން، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ތުޝާރު ކަޕޫރު އަދި ބަތަލާ އައިޝްވަރިޔާ ރާއި މުހިއްމު ރޯލްތައް ކުޅުނު ފިލްމު "ކާކީ"އަކީ، އެކްޝަން ތުރިލާއެކެވެ.

މި ފިލްމުގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާ ކަމަށާއި ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން "ކާކީ"ގެ ކުރީގެ ޕްރޮޑިއުސަރު ކެޝޫ ރަމްސޭގެ ދަރިފުޅު އަރިޔަމަން ވަނީ މީޑިއާ ރިޕޯޓުތަކަށް ކަށަވަރު ކޮށްދީފައެވެ.

މި ފިލްމުގައި ގެނެސްދޭން ނިންމާފައި ވަނީ ވަރަށް އާދައިގެ ޕްލޮޓަކުން ކުރި ފަޅުވާލެވޭނެ ވާހަކައެއް ކަމަށާއި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ "ކާކީ"އަށް 20 އަހަރު ފުރުމާ ދިމާކޮށް ކަމަށް އަރިޔަމަން ވަނީ ބުނެފައެވެ. މި ޒަމާނާ ގުޅޭގޮތަށް ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާ "ކާކީ"ގެ ސީކުއަލް ކުރީގެ ފިލްމުގެ ބަޔާ ގުޅުވައިގެން ގެނެސްދޭން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ކާކީ"ގެ މަންޒަރެއް

ކުރީގެ ފިލްމުން ފެނުނު ކާސްޓު މި ފަހަރުގެ ސީކުއަލްއިން ފެންނާނެތޯ އެހުމުން އަރިޔަމަން ބުނީ، ކުރީގެ ބައިގައި އަކްޝޭ ކުމާރު، އަޖޭ ދޭވްގަން އަދި އައިޝްވަރިޔާގެ ކެރެކްޓާ މަރާލާފައި ވުމުން ދެން އަންނަ ބައިން އެ ތަރިން ނުފެންނާނެ ކަމަށެވެ. ނަމަވެސް އަމީތާބް ބައްޗަން އާއި ތުޝާރުގެ ކެރެކްޓަރު ކުރިޔަށް ގެންދަން ބޭނުންވާ ކަމަށާއި ފިލްމުގެ ސްކްރިޕްޓް ނިމުނުހާ އަވަހަކަށް އެ ދެ ތަރިންނާއެކު ފިލްމުގެ މަޝްވަރާތައް ކުރަން ނިންމާފައިވާ ކަމަށް އާރިޔަން ވަނީ ބުނެފައެވެ.

މި ފަހަރުގެ ސީކުއަލް ވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ޑައިރެކްޓް ކުރި ރާޖްކުމާރު ސަންތޯޝީ ކަމަށް އަރިޔަމަން ވަނީ ބުނެފައެވެ.

comment ކޮމެންޓް