އަފްޣާނިސްްތާނުގައި ހާލުގައި ޖެހުނު މީހުންނަށް ދިވެހިން އެހީވެއްޖެ

އަފްޣާނިސްްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވަނީ -- ފޮޓޯ/

އަފްޣާނިސްްތާނުގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދިވެހިން އެހީވެއްޖެއެވެ.

މި މަހު ކުރީކޮޅު އަފްޣާނިސްތާނަށް ތަކުރާރު އައި ބިންހެލުންތަކުގައި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ދިވެހީންތަކެއް ހިންގާ އެހީ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާގެ މި ދަތި ދަނޑިވަޅުގައި އެ ގައުމަށް އެހީވުން ހުއްޓާ ނުލާ ކުރިއަށް ގެންދާ ކަމަށެވެ.

ކެއަފްޣާނިސްްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވަނީ -- ފޮޓޯ/އައިއޭސީ

މިގޮތުން، ރާއްޖޭގެ ފަރާތުން އެ ގައުމުގައި ހާލުގައި ޖެހުނު 200 އާއިލާއަކަށް ރަޖާ އާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން އިށީނދެ އިނުމަށް ބޭނުން ކުރާ ސާމާނު ފޯރުކޮށްދީފައި ވާކަމަށް އައިއޭސީއިން މައުލޫމާތު ދިނެވެ.

މި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުން، 21،500 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާއިރު 17،000 ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އދ.ގެ އިންސާނީ ކަންކަމާ ބެހޭ ކޯޑިނޭޝަން އޮފީސް (އޯސީއެޗްއޭ) އިން މައުލޫމާތު ދިނެވެ. އެހެންކަމުން މިކަމުގެ އަސަރު 154،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. އަދި 2000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް