ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ ފަރުވާއަށް މާލެ ގެނެސްފި

މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުން -- ފޮޓޯ/ އެމްއެންޑީއެފް

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވައި، މިއަދު ހިނގި ހާދިސާގައި ޒަޚަމްވެ ހާލު ސީރިއަސްވީ 37 އަހަރުގެ ފިރިހެނެެއް އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މި ހާދިސާގައި ޒަޚަމްވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ހާލު ރަނގަޅު ކަމާއި އެކެއްގެ ހާލު ކިރިޓިކަލް ވެގެން މިއަދު މާލެ ފޮނުވާލާފައިވާ ކަމަށެވެ.

"އަނިޔާވި ތިން ފަރާތަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނަސް މިހާރު އެ މީހުންގެ ހާލު ރަނގަޅު. އެކަމަކު އެކަކުގެ ހާލު ސީރިއަސް ވެގެން މާލެ ފޮނުވާލީ ހަވީރު ފަހެއް ޖަހާއިރު. އަތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވަނީ،" މޫސާ ވިދާޅުވިއެވެ.

އެ މީހާ މާލެ ގެނެސް، މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

https://sun.mv/183370

ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 11:45ހާއިރެވެ.

comment ކޮމެންޓް