ޖާދޫގަރު ޝަރީފް އަނެއްކާވެސް މުބާރާތަކަށް ތައިލެންޑަށް

މުހައްމަދު ޝަރީފް ތައިލެންޑަށް ފުރަނީ--

ރާއްޖޭގެ މަޝްހޫރު ޖާދޫގަރު، މުހައްމަދު ޝަރީފް ތައިލޭންޑުގެ ބެންކޮކުގައި އޮންނަ މެޖިކް ކޮންވެންޝަނެއްގައި ބައިވެރިވެއްޖެއެވެ.

ޝަރީފް ވިދާޅުވިގޮތުގައި މިއަދު ފަށާ މި ކޮންވެންޝަންގައި ގާތްގަނޑަކަށް 300 އެއްހާ މެންބަރުން ބައިވެރިވެއެވެ.

އޭނާ ވިދާޅުވީ މި ކޮންވެންޝަނަކީ ކޮންމެ އަހަރަކުވެސް ތައިލޭންޑުގެ ބެންކޮކުގައި ބާއްވާ ކޮންވެންޝަނެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ޖާދޫގެ އިތުރުން މިއަދުގެ ހަވީރު ބާއްވާ ކުޑަކުދިންގެ ޕާޓީއެއްގައި އޭނާގެ ބަބްލްސް އިވެންޓެއް ވެސް ވަރަށް ކުލަ ގަދަކޮށް އޮންނާނެ ކަމަށެވެ. މިއީ އޭނާގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އޭނާ ރާއްޖެ އަންނާނީ ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހާސިލުކޮށްގެން ކަމަށެވެ.

comment ކޮމެންޓް