ހާދިސާ ހިނގި ނަމަވެސް ކުޅުދުއްފުށީ އެއާޕޯޓު އޮޕަރޭޝަނަށް ބުރުލެއް ނާރާނެ: ރީޖަނަލް އެއާޕޯޓްސް

ކުޅުދުއްފުށި ސިޓީ: އެ ސިޓީގެ އިންތިހާބީ ހަ ދާއިރާ މިރޭ ވަނީ ކަނޑައަޅައިފައި -- ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި މިއަދު ހެނދުނު ހިނގި ހާދިސާއާއެކު ވެސް އެ އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރުލެއްނާރައި ކުރިއަށް ގެންދެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސްއިން ހިންގާ އެއާޕޯޓެކެވެ. ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު އެ ހާދިސާ ހިނގީ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލްކުރުމުގެ ތެރޭގައި އެ ގޮވައިގެންނެވެ.

އެ ކަން ފުލުހުންނަށް ރިޕޯޓުކުރީ 11:45ހާއިރެވެ.

https://sun.mv/183370

މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ އެ މުވައްޒަފުން އެ ވަގުތު ތިބީ އިކުއިޕްމަންޓްތަކެއްގެ ޕްރެޝަރު ޓެސްޓުކުރުމަށް ކަމަށެވެ.

"އެ ޓެސްޓުކުރަނިކޮށް ތަންކޮޅެއް ޕްރެޝަރު ބޮޑުވެގެން އެ ބާސްޓްވީ. އެއީ އެ ސިސްޓަމަކީ ފަޔާ ލޮރީއަށް އިކުއިޕްމަންޓްސްތައް ޓެސްޓުކުރަން،" ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހާދިސާއާއެކު އޮޕަރޭޝަނާ ގުޅުންހުރި އެއްވެސް މަސައްކަތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ. އެހެންކަމުން އާދައިގެ މަތިން އެއާޕޯޓަށް ފްލައިޓް ޖައްސައިި ދަތުރުވެރިންގެ ކަންކަން ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި އެއާޕޯޓެކެވެ. އޭރު ނިންމީ އެއާޕޯޓުގެ ތާރުގެ ހުރިހާ މަސައްކަތެވެ. އެއަށްފަހު ޓެސްޓް ފްލައިޓު ވެސް ޖައްސައި އެއާޕޯޓް ރަސްމީކޮށް ބޭނުންކުރަން ފެށިއެވެ.

ނަމަވެސް އެއާޕޯޓުގައި ޓާމިނަލް އަޅައި ޚިދުމަތް އިތުރަށް ތަރައްގީކުރީ މި ދައުރުގެ ތެރޭގައެވެ.

މީގެ ކުރިން ވެސް މަދުން ނަމަވެސް ބައެއް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެއާޕޯޓްތަކުގައި ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. ނަމަވެސް ބޮޑު ނުރައްކަލަކަށް ހުށަހެޅޭވަރުގެ ކަމެއް އަދި ހިނގައިފައިނުވެއެވެ.

comment ކޮމެންޓް