ބީއެމްއެލްއިން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) ގެ މާސްޓާކާޑް ހޯލްޑަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންއާ ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން، މާސްޓާކާޑް ޑެބިޓް ކާޑު ހޯލްޑަރުންނަށް މި ޕްރޮމޯޝަން މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއްކޮށްގެން 500 ރުފިޔާގެ އަގުހުރި ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ހަމައެއާއެކު، މި ޕްރޮމޯޝަން މުއްދަތުގެ ތެރެއިން، މާސްޓާކާޑް ކްރެޑިޓް ކާޑު ހޯލްޑަރުންނަށް ކާޑަށް 3،000 ރުފިޔާ އަށްވުރެ މަތީގެ ޚަރަދެއް ކުރުމުން 600 ރުފިޔާގެ ވައުޗަރު ލިބިގެންދާނެއެވެ.

މާސްޓަ ކާޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަން ދެމިގެންދަނީ އަންނަ މަހުގެ 14ގެ ނިޔަލަށްކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް