ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ފަށައިފި

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 ފެށުން -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

ކުލަގަދަ ރަސްމިއްޔާތަކާއެކު އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަހުމަދު އާތިފެވެ. އެ ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލާއި އެސޯސިއޭޝަންގެ ވެރިންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެމްބަރުން އަދި މުބާރާތުގައިި ވާދަކުރާ ސްކޫލުތަކުގެ އެތުލީޓުންނާއި ގިނަ އަދަދެއްގެ ބެލެނެވެރިން ބައިވެރިވެފައިވެއެވެ.

މުބާރާތް ރަސްމީކޮށް ފަށާފައިވަނީ ދަންމަރު ރޯކުރުމުގެ ޚާއްޞަ އިވެންޓަކުންނެވެ. ދަންމަރު ރޯކޮށްދެއްވީ މޭޔަރު އާތިފެވެ. މުބާރާތް ފެށުމުުގެ ހުއްދައާއި، ދަންމަރު ރޯކުރުމުގެ ހުއްދައަށް އެދުނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ގައުމީ އެތްލެޓިކްސް ޓީމުގެ މުހިންމު ދެ އެތުލީޓުން ކަމަށްވާ އަހުނާ ނިޒާރާއި ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ މި މުބާރާތުގައި 35 ސްކޫލަކުން ވާދަކުރެއެވެ. މުބާރާތުގައި 1124 އެތުލީޓުން ވާދަކުރެއެވެ. އެއީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

އެ މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް:

  • ހދ. އަތޮޅު ތައުލީމީ މަރުކަޒު
  • ޖަލާލުއްދީން ސްކޫލު
  • އަފީފުއްދީން ސްކޫލު
  • ހދ. އަތޮޅު ސްކޫލު
  • ކުމުންދޫ ސްކޫލު
  • ނޮޅިވަރަމް ސްކޫލު
  • ނޮޅިވަރަންފަރު ސްކޫލު
  • މަކުނުދޫ ސްކޫލު
  • ހަނިމާދޫ ސްކޫލު
  • ނެއްލައިދޫ ސްކޫލު
  • ހިރިމަރަދޫ ސްކޫލު
  • ނައިވާދޫ ސްކޫލު
  • ށ. އަތޮޅު ތައުލީމީ މަރުކަޒު
  • ށ. އަތޮޅު ސްކޫލު
  • ށ. ފޭދޫ ސްކޫލު
  • ވަށަފަރު ސްކޫލު
  • މިލަންދޫ ސްކޫލު
  • އައްޑޫ ހައި ސްކޫލު
  • ޝަރަފުއްދީން ސްކޫލު
  • ހއ. އަތޮޅު ތައުލީމީ މަރުކަޒު
  • ބާރަށު ސްކޫލު
  • އިހަވަންދޫ ސްކޫލު
  • ހއ. އަތޮޅު ސްކޫލު
  • ޝެއިޚް އިބްރާހިމް ސްކޫލު
  • ރަސްމާދޫ ސްކޫލު
  • ދ. އަތޮޅު ސްކޫލު
  • ހިމަންދޫ ސްކޫލު
  • އުކުޅަހު ސްކޫލު
  • ޝަރީފް ސްޕޯޓްސް
  • ކްލަބު މުގޫ ސްޕޯޓްސް
  • ކްލަބު ރައިވެރިޔާ
  • ކްލަބު ކާމް ސްޕޯޓްސް
  • ކޭވައި ސްޕޯޓްސް އެކެޑަމީ
  • ނަސީރު ސްޕޯޓްސް އެކެޑަމީ
  • ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
comment ކޮމެންޓް