ދިއްދޫ ނެރުމައްޗަށް ލޯންޗު ބަންޑުން ޖަހާލައިގެން އަނިޔާވި އެންމެން ދޫކޮށްލައިފި

ހއ. ދިއްދޫ ނެރަށް ލޯންޗެއް އަރައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް މީހުން ހަރަކާތްްތެރިވަނީ-- ފޮޓޯ/ދިއްދޫ އޮންލައިން

މިދިޔަ ހުކުރު ދުވަހު ހއ. ވަށަފަރުން ފުރައިގެން އެ އަތޮޅު ދިއްދޫއަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ދިއްދޫ ނެރުމައްޗައް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި އެންމެންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، ހާދިސާގައި އަނިޔާ ލިބުނު އެންމެންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކައުންސިލަށް ސާފުނުވާ ކަމަށާއި، ބޮޑަށް ލަފާ ކުރެވެނީ ލޯންޗު ބަންޑުން ޖަހާލީ ދިއްދުއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ހއ. ދިއްދޫ ނެރަށް ލޯންޗެއް އަރައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް މީހުން ހަރަކާތްްތެރިވަނީ-- ފޮޓޯ/ދިއްދޫ އޮންލައިން

"އެންމެން މިހާރު ދޫކޮށްލައިފި، ލޯންޗު ވަންނަން އުޅުމުގެ ތެރޭގައި ބަންޑުންޖަހާލީ ކަމަށް ބެލެވެނީ،" އަބްދުالله ރަޝީދު ވިދާޅުވިއެވެ.

މި ލޯންޗު ބަންޑުން ޖަހާލީ ހުކުރު ދުވަހުގެ ރޭ 9:00 ހާއިރުއެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި 10 މީހުނަށް އެކިވަރުގެ އަނިޔާ ލިބުނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގިގު ކުރަމުންނެވެ.

comment ކޮމެންޓް