ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކަނިކޮށް ތިން ދިވެހީން ހައްޔަރުކޮށްފި

03 އޮގަސްޓް 2016: ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ބަލައިފާސްކުރި ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެން ކުދިން ގެންދަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކި މައްސަލާގައި ދިވެހީންތަކެއް ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކި މައްސަލައެއްގައި ރޭ ހައްޔަރު ކުރީ ތިން ދިވެހީން ކަމަށެވެ.

އެއީ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އިތުރު މައުލޫމާތެއް ހިއްސާނުކޮށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަސާޖްޕާލާތަކާއި ސެލޫންތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ވެސް ރާއްޖޭގައި ހަށިވިއްކާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ވިޔަފާރިތަކުން ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން ވެސް އަންނަނީ އެ ވިޔަފާރި ކުރަމުންނެވެ. ފުލުހުން ގެންދަނީ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅުތައް އަޅަމުންނެވެ.

comment ކޮމެންޓް