ޕީޖީ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް އުފައްދައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ގެ އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އެ އޮފީހުން ބުނި ގޮތުގައި، ޕީއެސްއެމްއާއެކު 13 ޕްރޮގްރާމް ހެދުމުގެ އެއްބަސްވުމެއްގެ ދަށުން، ޕީޖީން ހަދަމުންދާ ޕްރޮގްރާމްތައް މިހާރު އަޑު އަހައިލެވޭނެއެވެ. އެ ޕްރޮގްރާމުތައް އަޑުއަހައިލެވޭނެ ލިންކު ވެސް ޕީޖީ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝެއާކޮށްފައެވެ.

މި ޕްލެޓްފޯމާއެކު، އަމިއްލަ މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާކަމަށް އެ އޮފީހުން ބުނެއެވެ. އަދި މުހިންމު މައްސަލަތަކާބެހޭ ގޮތުން، ނުވަތަ ގާނޫނީ ބަހުސްތަކާބެހޭ ގޮތުން ޕީޖީ އޮފީހުން އާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު އެ ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވާނެކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މި ޕްލެޓްފޯމްގެ ހުރިހައި ކަމެއް، ޚިޔާލުން ފެށިގެން ގޮސް، ތަންފީޒުކޮށް، ވެބްސައިޓް ހަދައި، ކޮންޓެންޓު އަޅައި، ފޮޓޯ ޑިޒައިންކުރީ ހުސް ދިވެހީންކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް