ހިޔާ ފްލެޓަކުން ކުއްޖަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް

ހިޔާ ފްލެޓަކުން ކުއްޖަކު ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

ހިޔާ ފްލެޓަކުން ކުޑަކުއްޖަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓި، ޓަވަރު ކައިރީގައި އޮތް ކާރެއްގައި ޖެހުނެވެ. އެ ކާރު ކައިރީ، ބިންމަތީގައި ލޭ ހުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ ހިޔާ ފްލެޓަކުން 15 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓުނު ކަމުގެ މައުލޫމާތު މިރޭ 11:58ހާއިރު ލިބިފައިވާ ކަމަށެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ ހަ ވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އެމާޖެންސީގައެވެ.

ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް