ހުޅުމާލޭ ހުޅަނގު ދެކުނު ބަނދަރު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ހުޅަނގު ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކުރެހުމެއް_ ފަޮޓޯ: އާބަންކޯ

ހުޅުމާލޭ ހުޅަނގު ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އާބަންކޯއިން ބުނި ގޮތުގައި، މިއީ މާލޭ ސަރަހައްދުގައި ކަނޑުދަތުރު ކުރާ އުޅަނދު ފަހަރު ބަނދަރު ކުރުމަށް އާންމުންނަށް ދިމާވާ ދަތިތަކަށް އެންމެ އެދެވޭ ހައްލެއް ހޯދައި ދިނުމަށް ފަށާ މަސައްކަތެކެވެ. އަދި، މި މަޝްރޫއުގެ ސަބަބުން ޑިންގީ ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން މެރިނާ ޑިންގީ ހާބަރަކާއި އާންމުންނަށް އުޅަނދުތައް ޕާކު ކުރެވޭފަދަ ޕާކިން ޒޯނަކާއި ތަފާތު ވިޔަފާރިތަކަށް ހާއްސަ އިމާރާތެއް ބިނާކުރެވިގެން ދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އެގޮތުން ޑިންގީ ބަނދަރުން ލިބިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި ޑިންގީ ބަނދަރު ކުރާނެ ސްލޮޓަކާއި ފްލޯޓިން ޑޮކެއްގެ އިތުރުން އުޅަނދު ފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އާބަންކޯއިން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބަުން ހުޅުމާލޭގައި ބަނދަރުކުރެވޭ އުޅަނދުތަކަށް އެތައް ގޮތަކުން ރައްކާތެރިކަމާއި ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް