ފަސޫހާ އަނެއްކާވެސް 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާކޮށްފި

ރާއްޖޭގެ އެތުލީޓު ފަސޫހާ އަހުމަދު -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

ފަސޫހާ އަހުމަދު، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާކޮށްފިއެވެ.

ފަސޫހާ އެ ރެކޯޑު އާކޮށްފައިވަނީ ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ 800 މީޓަރު ދުވުމުގައި ވާދަކޮށްގެންނެވެ. ފަސޫހާ އެ ދުވުން ނިންމާފައިވަނީ ދެ މިނެޓާއި 20.66 ސިކުންތުންނެވެ.

މީގެ ކުރިން ވެސް 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮތީ ފަސޫހާގެ އަތުގައެވެ. އޭނާ އޭރު އެ ރެކޯޑު ހަދާފައިވަނީ މިދިޔަ ޖުލައި މަހު ކުރިއަށްގެންދިޔަ ގައުމީ ޓްރަޔަލްގައެވެ. އެފަހަރު އޭނާ 800 މީޓަރު ދުވުން ފުރިހަމަކުރީ ދެ މިނެޓާއި 21.83 ސިކުންތުންނެވެ.

ފަސޫހާ ވަނީ މިއަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ވާދަކޮށްފައެވެ.

comment ކޮމެންޓް